ހުޅުމީދޫ ޕޮލިސްއަށް ރިޕޯޓުކުރެވުނު ވައްކަމުގެ ދެ މައްސަލައެއްގައި، ވަގަށް ނަގާފައިވާ ދެ ފޯނު ހޯދައި، އެ ތަކެތީގެ ވެރިފަރާތްތަކާ ހަވާލްކޮށްފިއެވެ.
ޑިސެމްބަރ 23 ވަނަ ދުވަހު ހުޅުމީދޫ ޕޮލިސްއަށް ވަނީ ސ.މީދޫ، ރީފްވިއު އަދި ސ.މީދޫ، އަލްދާރު ގެއިން ވައްކަންކުރި ދެ މައްސަލައެއް ރިޕޯޓުކޮށްފައެވެ. މިމައްސަލަތައް ހުށަހެޅުމާއި ގުޅިގެން ވަގަށް ނަގާފައިވާ ތަކެތި ހޯދުމަށް ހުޅުމީދޫ ޕޮލިސްއިން ވަނީ ވަގުތުން ހަރަކާތްތެރިވެފައެވެ.
ހުޅުމީދޫ ޕޮލިސްއިން ކުރި މަސައްކަތުން، މިދެ މައްސަލައާއި ގުޅިގެން ގެއްލިފައިވާ ދެ ފޯނު ވަނީ ހޯދައިފައެވެ. ހޯދައިފައިވާ ފޯނުތައް، އެ ތަކެތީގެ ވެރިފަރާތްތަކާ ރަސްމީކޮށް ހަވާލުކޮށްފައިވާއިރު، މިފަދަ ކުށްތައް ހުއްޓުވުމަށް ޕޮލިސްއިން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް ވަނީ ބުނެފައެވެ.
ވައްކަމުގެ މިމައްސަލަތައް އިތުރަށް ތަހުގީގުކުރުމުގެ މަސައްކަތް ހުޅުމީދޫ ޕޮލިސްއިން ދަނީ ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

