
ސ. މީދޫގެ އާސާރީ ތަކެތި ގެންގުޅެ ބަލަހައްޓަމުންދާ ގެއެއް ކަމަށްވާ ސައިރީނާ ގޭތެރެއިން 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ވަގަށް ނަގާފައިވާ އާސާރީ ރުނބައެއް، ހުޅުމީދޫ ޕޮލިސްއިން ހޯދައި، އޭގެ ވެރިފަރާތާ ވަނީ ހަވާލުކޮށްފައެވެ.
މިގޭގައި ތާރީޚީ އަދި އާސާރީ ތަކެތި ރައްކާތެރިކޮށް ބަލަހައްޓަމުންދާތީ، މިއީ ރަށުގެ އަދި ޤައުމުގެ ތާރީޚީ ތަރިކަ ރައްކާތެރިކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ގެއެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ގެއެކެވެ.
މި ރުނބާ ވަގަށް ނަގާފައިވާކަން ފުލުހުންނަށް ރިޕޯޓްކުރެވުނީ، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

މި ވައްކަމުގެ މައްސަލަ ހުޅުމީދޫ ޕޮލިސްއަށް ހުށަހެޅުމާއެކު، ޕޮލިސްއިން ވަނީ ވަގަށް ނަގާފައިވާ ރުނބާ ހޯދުމަށް ހަރަކާތްތެރިވާން ފަށާފައެވެ.
ހުޅުމީދޫ ޕޮލިސްގެ މުވައްޒަފުން ކުރި ހީވާގި މަސައްކަތުން، ވަގަށް ނަގާފައިވާ ރުނބާ ވަނީ ހޯދާފައެވެ.
ރުނބާ ހޯދުމަށްފަހު، ހުޅުމީދޫ ޕޮލިސްއިން ވަނީ އެ ރުނބާ، ސައިރީނާ ގޭގެ ވެރިފަރާތާ ރަސްމީކޮށް ހަވާލުކޮށްފައެވެ.
މިކަމުން ދައްކުވައިދެނީ ފުލުހުންގެ ހަރަކާތްތެރިކަމާއި، ވަގަށް ނަގާފައިވާ ތަކެތި އަނބުރާ ވެރިފަރާތަށް ހޯދައިދިނުމަށް ދޭ އަހައްމިއްޔަތެވެ. މި ވައްކަމާ ގުޅޭ އިތުރު ތަޙުޤީޤުތައް ހުޅުމީދޫ ޕޮލިސްއިން ކުރިއަށް ގެންދާކަމަށް މަޢުލޫމާތު ލިބެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

