އަބަދުވެސް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީގެ މަސައްކަތްތަކުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރޭގައި ސިޔާސީ ތަފާތުތަކުގެ ސަބަބުން ކުރިމަތިވާ ހުރަސްތައް ހިމެނެއެވެ. ނަމަވެސް މީދޫގައި ފެނިގެންދަނީ މުޅިން ތަފާތު މަންޒަރެއްކަމަށް އައްޑޫސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެވެ.
މޭޔަރު އަލީ ނިޒާރު މިހެން ވިދާޅުވީ ގައުމީ ދުވަހު ( 24 އޯގަސްޓް 2025 ވަނަ ދުވަހު ) މީދޫ ކުޑަކުދީންގެ ޕާކް ހުޅުވުމަށް މީދޫގައި ބޭއްވުނު ރަސްމިއްޔާތުގެ ޝަރަފްވެރިއެއްގެ ގޮތުން މީދޫ ރަށްޔިތުންނާއި މުޚާޠަބްކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު އޮގަސްޓް މަހުގެ 24 ވަނަ ދުވަހު މީދޫގެ ރައްޔިތުންނާ މުޚާޠަބުކޮށް ދެއްކެވި ވާހަކަފުޅުގައި ވަރަށް ސާފުކޮށް ފާހަގަކުރެއްވި ޙަޤީޤަތަކީ، މީދޫގެ ކަންކަން ކުރުމުގައި ސިޔާސީ ވިސްނުންތަކަށް އިސްކަން ނުދީ، ރައްޔިތުންގެ ބޭނުންތަކަށް އަމާޒުކޮށް މަސައްކަތްކުރުމުގެ ނަތީޖާ ވަރަށް ސާފުކޮށް ފެންނަން ހުރިކަމެވެ.
"އެއްވެސް އިރެއްގައި މީދޫގެ ކަންކަން ކުރުމުގައި އަޅުގަނޑެއް މީދޫގެ ކައުންސިލަރުގެ ސިޔާސީ ވިސްނުމަކަށް ނުބަލަން، ހަމަ އެކައުންސިލަރުވެސް އަޅުގަނޑުގެ ސިޔާސީ ވިސްނުމަކަށް ނުބަލާ."
ނިޒާރު ވިދާޅުވިއެވެ.
މިފަދަ ގުޅުމެއްގެ ނަތީޖާއަކަށްވީ މީދޫއަށް ކައުންސިލުން ކުރަންހުރި ކަންކަމަށް މަގުފަހިވެ، އެކަންކަން ފުރިހަމަވެގެން ދިޔުމެވެ. މިގޮތުން މިދިޔަ 4 އަހަރުގެ މުއްދަތުގެ ތެރޭގައި މީދޫއަށް ކުރަންހުރި ގިނަ ކަންކަން ކުރެވިފައިވާކަން މޭޔަރު ފާހަގަކުރެއްވިއެވެ.
މޭޔަރު އަލީ ނިޒާރު ޚާއްޞަކޮށް ފާހަގަކުރެއްވީ މީދޫގެ ކައުންސިލަރ ސޯލިހާގެ ހީވާގި މަސައްކަތްތަކެވެ. މޭޔަރުގެ ވާހަކަފުޅުގައި ވިދާޅުވިގޮތުން، ސޯލިހާއަކީ ބުރަކޮށް ވަގުތު ހޭދަކޮށް، ކައުންސިލްގެ އޮފީހުގައި، ޚާއްޞަކޮށް އަވަށު އޮފީހުގައި ގިނަ ވަގުތު ހޭދަކުރައްވާ ބޭފުޅެކެވެ. އަދި ކައުންސިލްތަކުގެ ޖަލްސާތަކުގައި 100 ޕަސެންޓް ބައިވެރިވެ، މީދޫގެ ރައްޔިތުންގެ ނަމުގައި ވަކާލާތުކޮށް، މަސައްކަތްކޮށްދެއްވާ ހީވާގި ކައުންސިލަރެއްކަމަށެވެ.
"މީދޫގެ ރައްޔިތުންނަށްޓަކައި ސޯލިހާ ކޮށްދެއްވި މަސައްކަތަށްޓަކައި ކައުންސިލްގެ ނަމުގައި ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. ސޯލިހާއަށް ލިބުނު ދައުރުގައި ހަމަގައިމުވެސް ވަރަށް ހީވާގިކަމާއެކު މަސައްކަތްކޮށްދެއްވާ ނަތީޖާ ނެރުނު."
ނިޒާރު ވިދާޅުވިއެވެ.
މޭޔަރު އަލީ ނިޒާރު ފާހަގަކުރެއްވިގޮތުގައި، އައްޑޫ ސިޓީ ކައުންސިލްގެ ބަޖެޓުގައި ހުރި ދަތިކަމާއެކުވެސް، ކަންކަން ކުރުމަށް މަސައްކަތްކުރުމުގެ ނަތީޖާއަކަށްވީ، މީދުން ތަފާތު ފެންނަ އެއްތަނެއްގެ ގޮތުގައި ފާހަގަކުރެވުމެވެ. މިކަން މޭޔަރު އަބަދުވެސް ފާހަގަކުރައްވައި، ކައުންސިލްގެ ބައްދަލުވުންތަކުގައިވެސް ތަކުރާރުކޮށް މިވާހަކަ ދައްކަވާކަން ފާހަގަކުރެއްވިއެވެ.
"މީދޫގެ ކަންތައްތައް ކުރާހެން ހުރިހާ ކައުންސިލަރުންވެސް އެވިސްނުމުގައި ކަންކަން ކޮށްފިނަމަ އަޅުގަނޑުމެންނަށް ބަދަލު ފެންނާނެ" މޭޔަރު ވިދާޅުވިއެވެ.
މީދޫގެ ކައުންސިލަރާއި އައްޑޫ ސިޓީގެ މޭޔަރު ދައްކައިދެއްވި މި ނަމޫނާއަކީ މުޅި ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ނަގަންވީ މިސާލެކެވެ. އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް، އަދި ސިޓީ ކައުންސިލްތައް ގުޅިގެން މަސައްކަތްކުރުމަކީ ރައްޔިތުންނަށް އޭގެ މަންފާ ލިބިގެންދާނެ ކަމެކެވެ.
"މީދޫގެ ކަންތައްތައް ކުރާހެން ހުރިހާ ކައުންސިލަރުންވެސް އެވިސްނުމުގައި ކަންކަން ކޮށްފިނަމަ އަޅުގަނޑުމެންނަށް ބަދަލު ފެންނާނެ"
މޭޔަރު ނިޒާރު ވިދާޅުވިއެވެ.
މިއީ ހަމައެކަނި އައްޑޫ ސިޓީއަށް ނޫން، މުޅި ރާއްޖޭގެ ހުރިހާ ކައުންސިލްތަކުންވެސް ނަގަންވީ ނަމޫނާއެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


1 ކޮމެންޓު
އަމީން ހާނީ އަށް އަޅުގަޑު ތާާއީދު ކުރަން އަމީނު އަކީ މިކަމަށް ޤާބިލް ބޭފުޅަށްލ
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް