މީދޫގައި މިމަހުގެ 27 ވަނަ ދުވަހު ފެށުނު ގަންބުރި މުންގީ މެމޯރިއަލް ފުޓްސަލް ޗެލެންޖް މުބާރާތުގައި ކުޅެމުންދަނީ އެކި އުމުރުފުރާގެ ކުޅުންތެރިން ކަމަށް ވީނަމަވެސް، ކުޅެވުނު ހަތަރު މެޗުގައިވެސް މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވަނީ 40 އަހަރުން މަތީގެ ކުޅުންތެރިންކަން ފާހަގަކުރެވިފައިވެއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ 40 އަހަރުން މަތީގެ ނާކާއެވެ. އޭނާގެ ހުނަރުވެރި ކަމާއި ލަނޑު ޖެހުމުގައި ދެއްކި ހުނަރުތަކަކީ ޒުވާން ކުޅުންތެރިންނަށް ނަމޫނާއެކެވެ.
"ޒުވާން ކުޅުންތެރިން ވަރަށް ރަނގަޅު ކުޅުމެއް ދައްކާ. އެކަމަކު ތަޖުރިބާގެ ބާރަކީ ބޮޑު އެއްޗެއް. އަޅުގަނޑުމެން ދެކެނީ ދުވަސްވީ ކުޅުންތެރިންގެ ކިބައިގައި ހުންނަ ކުޅުމުގެ ވިސްނުމާއި ތަޖުރިބާއަކީ ވަރަށް މުހިންމު އެއްޗެއް ކަމަށް،"
ނަން ހާމަކުރަން ނޭދޭ މިމުބާރާތުގެ ޓީމަކަށް ކުޅޭ ކުޅުންތެރިއަކު މިނޫހަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ދެވަނަ މެޗުގައި މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީވެސް 40 އަހަރުން މަތީގެ ސޮޑާއެވެ. ތިންވަނަމެޗްގައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މަންދޫހު ހަސަން ( ހަސަނާ ) އެވެ. އަދި ހަތަރުވަނަ މެޗުގައި މި މަޤާމު ހޯދީވެސް ލަނޑު ޖެހުމުގެ ހުނަރުން ފުރިގެންވާ 40 އަހަރުން މަތީގެ ކުޅުންތެރިއެއްކަމުގައިވާ ފަރުހާދެވެ. މިއީ ޙަޤީޤަތުގައި ފާހަގަކޮށްލަންޖެހޭ ކަމެކެވެ.
އުމުރުން ދޮށީ ކުޅުންތެރިން ތަޖުރިބާގެ އަލީގައި އަދިވެސް ކުޅުމުގައި އިސްދައުރެއް އަދާކުރަމުން ދާކަން ފެނުމަކީ މުޅި ކުޅިވަރުގެ މައިދާނުގައި ލިބޭ ހިތްވަރެކެވެ. އަދި ޒުވާން ކުޅުންތެރިންނަށް ރަނގަޅު ނަމޫނާއެކެވެ.
"މި މުބާރާތް ޚާއްޞަވަނީ ހަމައެކަނި ކުޅިވަރަކަށް ނޫން. މިއީ ޖީލުތަކުގެ ގުޅުން ބަދަހިކޮށް، ދޮށީ ކުޅުންތެރިންގެ ތަޖުރިބާ ޒުވާނުންނަށް ބަދަލުކުރުމަށް ލިބޭ ރީތި ފުރުޞަތެއް،"
މީދޫގެ ކުރީގެ ކުޅުންތެރިއެއްކަމުގައިވާ އައްޑޯ މިނޫހަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

