އައްޑޫސިޓީ ހިތަދޫގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދޮށީ އުމުރުގެ މީހަކަށް އަނިޔާތަކެއް ލިބިއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ މިރޭ ގާތްގަނޑަކަށް 19:20 ހާއިރު، އެވެ. ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި އެކްސިޑެންޓްހިގާފައިވަނީ އުމުރުން ދުވަސްވީމީހަކު ކަފިހުރަހަކުން މަގު ހުރަސްކުރަނިކޮށް ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލަކުން ޖެހިގެންނެވެ.
Advertisement
އެނގިފައިވާ ގޮތުގައި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެއެވެ. އޭނާއަށް މިހާރު ދަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް) ގައި ފަރުވާދެމުންނެވެ.
މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

