މަރަދޫ އިރުޝާދިއްޔާ ސްކޫލްގެ 2023-2022 ވަނަ އަހަރުގެ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ގްރޭޑް 10 އެސްގެ ދަރިވަރު އާމިނަތު ޔަޒުކާ މުރުތަޟާ ހޯދިއިރު 2023-2024 ވަނަ އަހަރު އެސްކޫލުން ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދާފައިވަނީ ފާތުމަތު އިފާފު އަހުމަދު ރަޝީދެވެ.
އިރުޝާދިއްޔާ ސްކޫލްގެ އިނާމުދިނުމަށް ރޭ ބޭއްވި ޚާއްސަ މިރަސްމިއްޔާތުގައި މިދަރިވަރުންނާއި އިނާމުތައް ހަވާލްކޮށްދެއްވީ މިރަސްމިއްޔާތުގެ ޝަރަފްވެރިމެހުމާނު އިސްލާމިކް ޔުނިވަރސިޓީގެ ރިސާޗު އެންޑް ޕަބްލިކޭޝަންޑީން ޑރ. އާމިނިަތު ޝާފިޔާއެވެ.
ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދި އާމިނަތު ޔަޒުކާ މުރުތަޟާއަށާ ފާތުމަތު އިފާފު އަހުމަދު ރަޝީދަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި އިނާމު ، މިނިސްޓްރީއޮފް އެޑިއުކޭޝަނުން ދެއްވި އިނާމު ، ފޭދޫއުތުރުދާއިރާގެ މެމްބަރު އިސްމާއީލް ނިޒާރު ދެއްވި އިނާމު ، މަރަދޫދާއިރާގެ މެމްބަރު އަހުމަދުދީދީ ދެއްވި އިނާމު ، އައްޑޫސިޓީގެ މޭޔަރު އަލީ ނިރާޒު ދެއްވި ހަނދާނީފިލާ ، އައްޑޫސިޓީ ކައުންސިލުން ދެއްވި ޓްރޮފީ ، ބޭންކްއޮފް މޯލްޑިވްސްއިން ދެއްވި ފައިސާގެ އިނާމު އަދި އިރުޝާދިއްޔާ ސްކޫލްގެ ޕީޓީއޭއާއި އިރުޝާދިއްޔާ ސްކޫލުން ދެއްވި ހަނދާނީލިއުމާއި އިނާމު ވަނީ ހަވާލް ކުރެވިފައެވެ.
ރޭ ބޭއްވުނު މިޖަލްސާގައި 2022،2023 ގައި އޯލެވެލްގައި މުޅިރާއްޖެއިން ކެމިސްޓްރީން 1 ވަނަ ހޯދި އިރުޝާދިއްޔާ ސްކޫލްގެ އަހުމަދު ފައްޔާޒު ފައިސަލްއަށްވެސް އިނާމާއި ހަނދާނީ ލިއުން ދެވުނެވެ. ފައްޔާޒުއާއި ހަނދާނީ ލިއުމާއި އިނާމު ހަވާލްކޮށްދެއްވީ ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއީލު ނިޒާރެވެ.
އަދި މީގެ އިތުރަށް 2022،2023 ގެ އޯލެވެލް އިމްތިހާނުން މުޅިރާއްޖެން ބިޒްނަސް ސްޓަޑީޒްއިން 1 ވަނަ ހޯދުމުގެ އިތުރަށް މުޅިދުނިޔެއިން އިގިރޭސިން އެއްވަނަ ހޯދައިގެން ބްރިލިއަންސް އެވޯޑް ހޯދާފައިވާ ގްރޭޑް 10 ބީގެ އާމިނަތު އަފާފު ސަފަރު އަށް ވެސް އިނާމާއި ޝީޑް ދެވުނެވެ. އާމިނަތު އަފާފު ސަފަރު އާއި އިނާމާއި ޝީލްޑް ހަވާލްކޮށްދެއްވީ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީއެވެ.
މީގެ އިތުރަށް 2024 ވަނަ އަހަރު ގުރުއާން ހިތުދަސްކޮށްގެން ހާފިޒުކަމުގެ ސަނަދު ހާސިލްކޮށްފައިވާ އިރުޝާދިއްޔާ ސްކޫލްގެ އަލްހާފިޒު އަބްދުﷲ ބިން ޔާމީނަށްވެސް ހަނދާނީލިއުމާއި ހަނދާނީފިލާ ރޭގެ ޖަލްސާގައި ހަވާލް ކުރެވުނެވެ. އަދި އިމާމުވެ ހުކުރު ކުރާނެ ޒުވާން ޚަތީބުން ތަމްރީނު ކުރަން އިސްލާމިކް މިނިސްޓްރީން ފަށާފައި ޕްރޮގްރާމްގެ ދަށުން 2024 ވަނަ އަހަރު އައްޑޫގައި ކުރިއަށް ގެންދިޔަ ބެޗްގައި ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފައިވާ އިރުޝާދިއްޔާ ސްކޫލްގެ ޔޫސުފް ޔޫޝަލް އަހުމަދު ، މުހައްމަދު އަމަލް އަނިލް އަދި އިބްރާހިމް އަގީލު ފައިސަލްއަށްވެސް ރޭގެ ޖަލްސާގައި ހަނދާނީ ލިއުމާއި ހަނދާނީ ފިލާ ދެވުނެވެ.
އިނާމުދިނުމުގެ މި ރަސްމިއްޔާތުގައި މަރަދޫގައިހުރި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނާއި އިރުޝާދިއްޔާ ސްކޫލްގެ ދަރިވަރުން އަދި ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވެލެއްވި އެވެ.



މައުލޫމާތު:ވަތުންލައިވުން
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

