ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުން އަތޮޅުމަދަރުސާގެ 3 ދަރިވަރަކު ފާސްވެއްޖެ

ދީނީ ޚިދުމަތުގެ ދާއިރާގައި ޒުވާނުން ބާރުވެރިކުރުވުމަށް އިސްލާމިކް މިނިސްޓްރީއާއި އައްޑޫސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ “ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް” ފުރިހަމަކޮށް ސ. އަތޮޅުމަދަރުސާގެ 3 ދަރިވަރަކަށް ސެޓްފިކެޓް ލިބިއްޖެއެވެ. މިޕްރޮގްރާމް ނިމި ފާސްވި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބޭއްވިފައިވަނީ މިމަހުގެ 12 ވަނަ ދުވަހު އައްޑޫސިޓީ ކައުންސިލްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުﷲ ސައުދާނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ދީނީ ޚިދުމަތަށް ނުކުންނަ … Continue reading ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުން އަތޮޅުމަދަރުސާގެ 3 ދަރިވަރަކު ފާސްވެއްޖެ