ސ. ހިތަދޫގައި ކާމިޔާބުކަމާއެކު ބޭއްވުނު އިންޓަރ-ސްކޫލް އެތުލެޓިކްސް މީޓް 2026 ގައި އަތޮޅުމަދަރުސާގެ އެތުލެޓިކްސް ޓީމުގެ ދަރިވަރުން ވަނީ ފާހަގަކޮށްލެވޭ ފަދަ މޮޅު ކުޅުމެއް ދައްކައި، ގިނަ ކާމިޔާބީތަކަކާއި މެޑަލްތަކެއް ހާސިލުކޮށްފައެވެ. ވާދަވެރި ގިނަ އިވެންޓްތަކަކުން ސްކޫލަށް ރީތި ނަން ހޯދައިދިން މި މުބާރާތުގައި ދަރިވަރުން ހޯދި ކާމިޔާބީތަކުގެ ތަފްޞީލަކީ:
ރަން މެޑަލް (ގޯލްޑް):
ޢާއިޝަތު އަނާ އާދަމް – 18 އަހަރުން ދަށުގެ އަންހެންކުދިންގެ ޑިސްކަސް އުކުން
އަޙްމަދު އައްޔާޝް ޙަސަން – 14 އަހަރުން ދަށުގެ ފިރިހެންކުދިންގެ ލޯންގް ޖަމްޕު

ރިހި މެޑަލް (ސިލްވަރ):
މަރްޔަމް އަލްޔާ މުޙައްމަދު ރަފީޤު – 18 އަހަރުން ދަށުގެ އަންހެންކުދިންގެ ލޯންގް ޖަމްޕު
އިބްރާހީމް މައުލިމް އަޙްމަދު މޫސާ – 14 އަހަރުން ދަށުގެ ފިރިހެންކުދިންގެ ހައިޖަމްޕު
ޢަބްދުﷲ އިލާން ޢިމްރާން – 18 އަހަރުން ދަށުގެ ފިރިހެންކުދިންގެ ޝޮޓްޕުޓް
މުޙައްމަދު ޒައިކް ޝާހީން – 16 އަހަރުން ދަށުގެ ފިރިހެންކުދިންގެ 1200 މީޓަރު ދުވުން

ލޯ މެޑަލް (ބްރޯންސް):
ޢާއިޝަތު އާލާ ޝަނީޒް – 18 އަހަރުން ދަށުގެ އަންހެންކުދިންގެ ޖެވެލިން އެއްލުން
ޒިހާން މުއްތަލިބް – 18 އަހަރުން ދަށުގެ ފިރިހެންކުދިންގެ 1500 މީޓަރު ދުވުން
ޢާއިޝަތު އަނާ އާދަމް – 18 އަހަރުން ދަށުގެ އަންހެންކުދިންގެ ޝޮޓްޕުޓް
އިބްރާހީމް މައުލިމް އަޙްމަދު މޫސާ – 14 އަހަރުން ދަށުގެ ފިރިހެންކުދިންގެ 80 މީޓަރު ހާޑްލްސް
ޒިހާން މުއްތަލިބް – 18 އަހަރުން ދަށުގެ ފިރިހެންކުދިންގެ 800 މީޓަރު ދުވުން
ނޫޙް ބިން މުޙައްމަދު ޠައްޔިބު – 14 އަހަރުން ދަށުގެ ފިރިހެންކުދިންގެ ލޯންގް ޖަމްޕު
ޙުސައިން ލީވާން އިބްރާހީމް – 16 އަހަރުން ދަށުގެ ފިރިހެންކުދިންގެ 1200 މީޓަރު ދުވުން
18 އަހަރުން ދަށުގެ އަންހެން ރިލޭ ޓީމް – މެޑްލޭ ރިލޭ
18 އަހަރުން ދަށުގެ ފިރިހެން ރިލޭ ޓީމް – މެޑްލޭ ރިލޭ
18 އަހަރުން ދަށުގެ އަންހެން ރިލޭ ޓީމް –4 - 100 މީޓަރު ރިލޭ-
މި މުބާރާތުން ފަޚުރުވެރި ވަނަތަކާއި މެޑަލްތައް ހޯދި ހުރިހާ ދަރިވަރުންނަށް "ވީއޯއެމް" ގެ ފަރާތުން ނުހަނު އިޚްލާޞްތެރިކަމާއެކު ހޫނު މަރުޙަބާއެއް ދަންނަވަމެވެ. ތިޔަ ދަރިވަރުން ކުރި ބުރަ އަދި އަގުހުރި މަސައްކަތުން ހޯދައިދިން މި ކާމިޔާބީގެ ސަބަބުން މީދޫއާއި ހުޅުދޫގެ އެންމެހައި ރައްޔިތުން ނުހަނު ބޮޑަށް ފަޚުރުވެރިވެއެވެ.
މީގެ އިތުރުން، މި މުބާރާތުގައި ވާދަކުރި އަތޮޅުމަދަރުސާގެ ހުރިހާ އެތުލީޓުންނަށް ވެސް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަމެވެ. މުބާރާތުގެ ކޮންމެ ވަގުތެއްގައި ކޮންމެ ކުއްޖަކު ވެސް ދެއްކި ހިތްވަރާއި، ކުރިމަތިލީ ގޮންޖެހުންތަކާއި، ސާބިތުކަމަކީ މި ޓީމަށް ލިބުނު ބޮޑު ކާމިޔާބީގެ އެންމެ މުހިންމު އެއް ބަޔެވެ.
ހަމައެއާއެކު، އަތޮޅުމަދަރުސާގެ ދަރިވަރުންގެ ލޮބުވެތި ބެލެނިވެރިން މިފަދަ ކަންކަމުގައި އަބަދުވެސް ދެއްވާ އެއްބާރުލުމާއި، ދެއްވާ ހިތްވަރާއި، ވެދެއްވާ ދީލަތި އެހީތެރިކަން ފާހަގަކުރަންޖެހެއެވެ. ބެލެނިވެރިން އަމިއްލައަށް ދަރިންގެ ކުރިއެރުމަށްޓަކައި ކުރައްވާ އަގުހުރި ހޭދަތަކަކީ މިފަދަ ކާމިޔާބީތަކުގެ ފަހަތުގައިވާ އެންމެ ބޮޑު އެއް ބާރެވެ. މި މުބާރާތުގައި ސްކޫލް ތަމްސީލުކުރި ހުރިހާ ދަރިވަރުންނަށް އިތުރު ކާމިޔާބީއަށް އެދެމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

