ކުޅަދާނަ ނޫސްވެރިޔާ އިމާދު ޙަސަން ލަތީފް އާއި އެމްޑީޕީގެ ވަރުގަދަ ސިޔާސީ އެކްޓިވިސްޓް ހަސަން ހުސެއިން (ބަނބުކެޔޮ ހަސަން) ކޮންގްރެސް ޕާޓީއާ ގުޅިއްޖެ އެވެ.
އާޓިފިޝަލް ބީޗް ސަރަޙައްދުގައި ރޭ އޮތް ކޮންގްރެސް ޕާޓީގެ ޖަލްސާގައި އެ ދެ ބޭފުޅުން ވަނީ އެ ޕާޓީއަށް ސޮއިކޮށް މެންބަރޝިޕް ފޯމް ރައީސުލްޖުމްހޫރިއްޔާ އަދި ކޮންގްރެސް ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ ހަވާލު ކުރައްވާފަ އެވެ.
އެތައް ހާސް ބަޔަކު ބައިވެރިވި ތާރީޚީ މި ޖަލްސާގައި ކޮންގްރެސްއާ ގުޅުނު އިމާދު ލަތީފަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ނޫސްވެރީންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ބޭރުގެ ޚަބަރާއި ކުޅިވަރު އަދި ތާރީޚީ ކަންކަމާއި ގުޅޭ ވަރަށް މަޢުލޫމާތު މުއްސަނދި ބޭފުޅެކެވެ. ވަރަށް ގިނަ ނޫސްވެރީން ތަމްރީނުކުރި ބޭފުޅެއްގެ އިތުރުން އެއީ ވަރަށް މޮޅު ހުށައެޅުންތެރި އެކެވެ.
ރޭ ކޮންގްރެސް ޕާޓީއާ ގުޅުނު ބަނބުކެޔޮ ހަސަން އަކީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން އެމްޑީޕީގައި އެންމެ ޚިދުމަތްތެރި އެއް އެކްޓިވިސްޓެވެ. ރައީސް ނަޝީދުގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަވި ހަަސަން ކޮންގްރެސް ޕާޓީއާ ގުޅުނީ އޭނާގެ އާއިލާ އާއި ރަހްމަތްތެރީންނާއެކު ޖުމްލަ 107 މީހުންގެ ބޮޑު ޓީމަކާ އެކު އެވެ.
މަސްދަރު: އެމްއެމްޓީވީ
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

