ހުޅުދޫ އަތިރީގޭގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ހުޅުދޫ ބަހާއުއްދީންމަގުގައި ހުންނަ މިގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެގޭގައި އުޅޭ މީހުންނާއި އެސަރަހައްދުގެ މީހުންގެ އެހީތެރިކަމާއެކު އަލީފާން ވަނީ ނިއްވާނެލެވިފައެވެ. މިހާދިސާގެ މައުލޫމާތު ހުޅުމީދޫ ފަޔަރސްޓޭޝަނަށް ދީގެން ފަޔަރ ސްޓޭޝަނުގެ ބޭފުޅުންނަށް އެގެއާއިހަމައަށް ދެވުނުއިރު އާއްމުންވަނީ އަލިފާން ނިއްވާވާލަފައެވެ.
Advertisement
އަލިފާނުގެ ހާދިސާހިގި އަތިރީގޭގައި ދިރިއުޅެނީ ބިދޭސީންނެވެ. މިހާދިސާގައި އެގޭގައި އުޅޭ އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވިޔަސް ގެއްއަށްވަނީ ގެއްލުންތަކެއް ލިބިފައެވެ.
އަލިފާން ރޯވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

