ހުޅުދޫއާއި މީދޫގައި ޓުއަރިޒަމްގެ މަސައްކަތްކުރާ ފަރާތްތަކުން އެމަސައްކަތާ ގުޅޭ އިޝްތިހާރުތައްކޮށް ޓުއަރިޒަމް ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރަންވާނީ ހުޅުމީދޫ ހިމެނޭގޮތަށްކަމަށް ދާއިރާގެ ތަޖުރިބާކާރުން ފާހަގަކޮށްފިއެވެ. އެހެންނަމަވެސް މިމަސައްކަތުގައި ހަރަކާތްތެރިވާ މީދޫގެ ބައެއް ފަރާތްތަކުން މިއާ ޚިލާފަށް ހަމައެކަނި މީދޫ ޕްރޮމޯޓް ކުރާގޮތަށް މަސައްކަތްކުރަމުން ދިއުމަކީ ދާއިރާގެ ތަރައްޤީއަށް ހުރަސްއެޅޭނެ ކަމެއްކަމަށް ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރެވެއެވެ. އެހެންކަމުން މިރިޕޯޓްގައި ގެނެސްދޭން މަސައްކަތްކޮށްފައިވާނީ އެކަމާއި ގުޅޭ މައުލޫމާތުކޮޅެކެވެ.

"ހުޅުދޫއާއި މީދޫއަކީ އިދާރީ ގޮތުން ދެރަށްކަމުގައިވިޔަސް، މިދެރަށަކީ ގުދުރަތީގޮތުން ގުޅިފައިވާ ދެރަށް ، އަޅުގަނޑުމެން މިކަމުގައި މިދެރަށް ދެކެންޖެހޭނީ އެއްރަށެއްގެ ގޮތުގައި. އެހެންވީމާ، ޓުއަރިޒަމް ޕްރޮމޯޓްކުރުމުގައިވެސް ހުޅުމީދޫގެ ގޮތުގައި ޕްރޮމޯޓްކުރުމަކީ މުޅި ދެރަށަށް ފައިދާހުރި ގޮތް. ހަމައެކަނި މީދޫ ނުވަތަ ހުޅުދޫ ވަކިން ޕްރޮމޯޓްކުރުމަކީ ވިޔަފާރިއަށް ގެއްލުންވާނެ ކަމެއް،"
ކޯގަޑިގޭ ފަންނުޓީމްގައި ހިމެނޭ ބޭފަޅަކު މިނޫހަށް މައުލޫމާތު ދެމުން ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން މީދޫ ބައެއް ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ކުރި މަސައްކަތުގައި، މީދޫގައި ގެސްޓްހައުސް ވިޔަފާރި ކުރުމަށް މަސައްކަތް ކުރާ މުޙައްމަދު ޝަރީފް (އަސްލުނަމެއްނޫން ) ވިދާޅުވީ، "މީދޫގައި ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ފަށާފައިވަނީ ވަރަށް ކުޑަ މިންވަރަކަށް. އަދި މިވިޔަފާރީގައި އުޅޭ މީދޫގެ ފަރާތްތަކަކީ މެދުފަންތީގެ މީހުން . އެހެންވީމާ، އަޅުގަނޑުމެން މަސައްކަތްކުރަނީ މީދޫގެ ޚާއްޞަ ސިފަތައް ފާހަގަކޮށް ވިޔަފާރި ކުރިއަރުވަން."
އެހެންނަމަވެސް ހުޅުދޫގެ ކޯގަޑިގޭ ފަރާތުން ޢަބްދުﷲ ޙަސަން ( އަސްލުނަމެއް ނޫން ) ވިދާޅުވީ، "ހުޅުދޫއާއި މީދޫއަކީ މިހާރު އެއްރަށެއް. އަޅުގަނޑުމެން ދެރަށުގެ ރައްޔިތުން ގުޅިގެން މަސައްކަތްކުރުމަކީ ދެރަށަށްވެސް ފައިދާކުރާނެ ކަމެއް. ހުޅުމީދޫގެ ގޮތުގައި ޕްރޮމޯޓްކުރުމުން ފަތުރުވެރިންނަށް ދެރަށުގެ ޚާއްޞަ ސިފަތައް ތަޖުރިބާކުރުމުގެ ފުރުޞަތު ލިބިގެންދާނެ."
ހުޅުދޫއާއި މީދޫގައި ލޯކަލް ޓުއަރިޒަމްގެ މަސައްކަތް ކުރުމަށް ބަލާއިރު މިދެރަށަކީ މިކަމުގައި ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ރަށެއްކަމުގައި ތަޖުރިބާކާރުން ފާހަގަކުރެއެވެ. މިދެރަށުގެ ދެކޮޅުގައި ދެރިސޯޓް (ހުޅުދޫ ކައިރީގައި ހެރަތެރެ ރިސޯޓާއި މީދޫ ކައިރީގައި އިސްމެހެލާ ރިސޯޓް) އޮތުމަކީ ޓުއަރިޒަމް ތަރައްޤީކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުޞަތެއްކަމަށް ބެލެވެއެވެ.

"ދެރިސޯޓުގެ މެދުގައި އޮތް ހުޅުމީދޫގައި ލޯކަލް ޓުއަރިޒަމް ތަރައްޤީކުރުމަކީ ވަރަށް ބޮޑު ވިޔަފާރީގެ ފުރުޞަތެއް. ރިސޯޓުތަކުގައި ތިބޭ ފަތުރުވެރިންނަށް ލޯކަލް ތަޖުރިބާއެއް ހޯދުމަށް ހުޅުމީދޫއަށް ޒިޔާރަތްކުރުމުގެ ފުރުޞަތު އޮތުމަކީވެސް ވަރަށް މުހިންމު ކަމެއް،"
ކޯގަޑިގޭ ފަންނު ޓީމުގައި ހިމެނޭ ބޭފުޅަކު ވިދާޅުވިއެވެ.
ޓުއަރިޒަމްގެ މަސައްކަތް ކުރާ މީދޫއާއި ހުޅުދޫގެ ފަރާތްތަކުން ގުޅިގެން މަޝްވަރާކޮށް މިކަން ކާމިޔާބު ގޮތެއްގައި ކުރުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއްކަމަށް ދާއިރާގެ މާހިރުން ފާހަގަކުރެއެވެ. އެހެންކަމުން މިކަމާ ގުޅޭގޮތުން މަޝްވަރާކޮށް މިކަން އެދެވޭގޮތެއްގައި ހިންގުމަށް ކޮމިޓީއެއް އުފައްދައި މަޝްވަރާގެ އުސޫލުން ވީހާވެސް ބޮޑަކަށް ގުޅިގެން މަސައްކަތް ކުރުމަކީ ދެރަށުގެ ރައްޔިތުންނަށް ފައިދާކުރާނެ ކަމެއްކަމަށް ބެލެވެއެވެ.

"އަޅުގަނޑުމެންގެ އަމާޒަކަށް ވާންޖެހޭނީ މުޅި ހުޅުމީދޫއަށް ފައިދާވާނެ ގޮތަކަށް ޓުއަރިޒަމް ތަރައްޤީކުރުން. ދެރަށުގެ ޘަޤާފަތާއި ތާރީޚާއި ތަފާތު ތަޖުރިބާތައް އެއްކޮށްލައިގެން ފަތުރުވެރިންނަށް ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދިނުން. މިކަން ކާމިޔާބުކުރެވޭނީ ދެރަށުގެ ރައްޔިތުން ގުޅިގެން މަސައްކަތްކުރުމުން،"
ޓުއަރިޒަމްދާއިރާގައި ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ކޯގަޑިގޭ ފަންނުގެ ބޭފުޅަކު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

